English Edition
Dhivehi Edition
ޙަސަން މޫސާ / ފޮޓޯ: ފުލުހުން

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މިއަމުރާ ގުޅިގެން ހޯދަމުންދަނީ ގދ. ތިނަދޫ / ފަޟާ، ޙަސަން މޫސާ (37އ) އެވެ.

ފުލުހުން ބުނީ ޙަސަން މޫސާ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ޖުލައި 6 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޙަސަން މޫސާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ވަނީ އެދިފައެވެެ.