މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ކުރިއަށް ގެންދިއުމަށް ނިންމި “”ފުލުހަކާ އެކު ކޮފީއެއް” މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
މިއަދު ހަވީރު ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްުދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިވެންޓު ފަހުގެ ތާރީހަކަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މުއައްސަސާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކުވެރި މާހައުލެއްގައި ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުސަތު މި އިވެންޓުން ލިބިގެންދާނެ ކަމަށެވެ.
ކުށުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ކުރިއަށް ގެންދައެވެ. މި ހަރަކާތްތަކުގައި، އާންމުން އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުން ކުރާނެގޮތް ކިޔައިދީފައިވެއެވެ.