English Edition
Dhivehi Edition
މީދޫގައި މީގެ ކުރިން ބޭއްވި ނެޓްބޯޅަ މުބާރާތެއް

ނަމާދު ގަޑިތަކުގައި ދަނޑުތަކުގައި ކުޅިވަރު ކުޅޭނަމަ އެކަން ބައްލަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލުކުރައްވަން ލިބުނު ފުރުސަތުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަނީ މާލޭގެ ދަނޑުތަކުގައި ނަމާދު ގަޑިތަކުގައި ކުޅޭ މައްސަލައިގައި ދަނޑުތަކުގެ ކައިރީ ދިރިއުޅޭ މީހުންގެ ޝަކުވާ ލިބެމުން ދާކަން ފާހަގަކުރައްވާފައެވެ.

އެ ޝަކުވާތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ނަމާދު ގަޑިތަކުގައި ދަނޑުތަކުގައި ކުޅިވަރު ކުޅޭ މައްސަލަ ބައްލަވާނެ ކަމަށެވެ. ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން ހުއްޓާލުމަކީ ފެށުނީއްސުރެ ވެސް ދިވެހީންގެ ތެރޭގައި އޮންނަ އާދައެއް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނަމާދު ގަޑިތަކުގައި ދަނޑުތަކުގައި ކުޅިވަރު ކުޅޭނަމަ އެކަން އެ މިނިސްޓްރީގެ ދަނޑުތައް ބެލެހެއްޓުމާއި ހަވާލުވެފައިވާ ޑިޕާޓްމެންޓްތަކާއި ހަވާލުކޮށްގެން ބަލަމުން ދާނެ ކަމަށެވެ.

މާލެ ދަނޑުތަކުގައި ނަމާދު ގަޑިއާއި ދެ ނަމާދު ދޭތެރޭގައި ކުޅިވަރު ކުޅުން އާންމުވެފައިވާއިރު، ބައެއް ފަހަރު ސަރުކާރު ކުންފުނިތަކުން ތައްޔާރުވަމުން ދާ އެކު މުބާރަތްތަކަށްވެސް މި ގަޑީގައި ޕްރެކްޓިސް ބާއްވާކަން ފާހަގަކުރެވެއެވެ.

 

ޓެގު