ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަރުއީ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޑް ކުރިތާ ދެ އަހަރު ފަހުން ސަސްޕެންޝަން އުވާލައިފިއެވެ
މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ޝަމީމްގެ މައްސަލަ ބެލުމަށް ފަހު ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން މަނާކުރެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި މިއަދުން ފެށިގެން ރާއްޖޭގައި ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ޝަމީމް އަށް ދީފައިވާކަމަށް އެ އިއުލާންގައިވަނީ ބަޔާންކޮށްފައެވެ
ޝަމީމްގެ ސަސްޕެންޑް ކުރުމަށް ފަހު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ވނީ “ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ޤަވާޢިދު” ގެ 3.2 ގެ (ހ)، (ނ)، (ރ)، (ބ) އަދި (މ) އާ ޙުސައިން ޝަމީމް ޚިލާފުވެފައިވާކަމުގެ މައްސަލައެއް ސުޕްރީމް ކޯޓުން ބައްލަވަމުންދާތީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ޝަމީމަށް ސުޕްރީމް ކޯޓުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށެވ
2015 ވަނަ އަހަރު ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރީޝަން އިން ޝަމީމް ސަސްޕެންޑުކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލަކަށް އައްޔަން ކޮށްފައިވަނިކޮށެވެ