English Edition
Dhivehi Edition
ޕީޖީ ޝަމީމް

ޕީޖީ ޝަމީމަށް ދިން ހަމަލާ އަކީ އޭނާ މަރާލުމުގެ ގަސްތު އޮވެގެން ދިން ހަމަލާއެއް ކަމަށް ނިންމާ އެ މައްސަލަ ބަލާ ތަހުގީގު ކުރަން ފަށައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ޕްރޮސެކިއުޓަރުން ބައިވެރިވެގެން ތަހުގީގު ގެންދިޔުމުގެ މަރުހަލާކަމަށެވެ. އަދި މައްސަލަ ބަލަމުން ދަނީ އެއީ ޝަމީމް މަރާލުމުގެ ގަސްތު އޮވެގެން ދިން މައްސަލައެއް ގޮތުގައިކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށް މަރުތޭލަކުންނެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ޝަމީމްއަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ މީހުން ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހުން ވަނީ ބަންދުކޮށްފައެވެ. ބަންދުކޮށްފައެވެ.