English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ރައީސް އޮފީސް

ޕްރެސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެމީހުން ޝަރީއަތް ނިމެން ދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލހުން ބުނީ ޝަމީމް އަށް ހަމަލާދިން މައްސަލައިގައި ހައްޔރުކުރު ކުރި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރިއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ

އިއްޔެ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭ ދޮރުމަތިން ޕީޖީ ޝަމީމަށް ސައިކަލެއްގައި އައި ދެ މީހުން ދިން ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައެވެ. އަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށެވެ.

މި ހަމަލާގައި ފުލުހުންގެ އިންޓަލިޖެންސް ޔުނިޓާއި ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ތަހުގީގު ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.