ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު، އަހުމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އަހުމަދު ރަޝީދު އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
18ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް މެންބަރެއްގެ ގޮތުގައި ގައްދޫ ދާއިރާ ތަމްސީލްކުރެއްވި އަހުމަދު ރަޝީދު އަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިޔާސީ ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.
https://x.com/MMuizzu/status/1932364886597906768
ރަޝީދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައިވަނީ، ރަޝީދަކީ އެކުގައި ސިޔާސީ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަވަހާރަވުމުގެ ހިތާމާއިގައި ބައިވެރިވާ ކަމަށެވެ.