އީދު ދުވަހަކީ އެންމެންވެސް ތަފާތު މީރު ކާއެއްޗެތި ތައްޔާރު ކުރުމަށް ބޭނުންވާނެ ދުވަހެކެވެ. އެހެންކަމުން އީދު ރެސިޕީގެ ގޮތުގައި މި ގެނެސްދެނީ މެންދުރުގެ ކެއުމަށް ތައްޔާރުކޮށްލެވޭނެ މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
3 ޖޯޑު ހުންނަހާކުކުޅު ތުނިކޮށް ހިމަ ދިގަށް ކޮށާފައި
1 އޮރެންޖް
1/2 ސައި ސަމުސާ މުގުރި އަސޭމިރުސް
1 ސައި ސަމުސާ ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި
1/2 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ފިޔާ
2 ހިކަނދިފަތް
1/2 މޭޒުމަތީ ސަމުސާ ކޯންފްލަރ
1 މޭޒުމަތީ ސަމުސާ ލޮނުމެދު ޕޭސްޓް ކުކުޅު ކޮޅުގައި ހޭކުމަށް
3 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ލޮނުމެދު
1 ޗިކަންކިއުބް
އޮރެންޖް ކުލަ ކޮޅެއް ބޭނުމިއްޔާ
ލޮނުކޮޅެއް
މުގުރި އަސޭމިރުސް ކޮޅެއް ކުކުޅު ކޮޅުގައި ހޭކުމަށް
ތެޔޮ
ތައްޔާރު ކުރާނެ ގޮތް
މުގުރި އަސޭމިރުސް ކޮޅަކާއި ލޮނު ކުލަ ކޮޅެއް އަދި ލޮނުމެދު ޕޭސްޓް ކޮޅު ކުކުޅު ކޮޅުގައި ހޭކުމަށްފަހު 15 މިނިޓް ބަހައްޓާށެވެ .
ތަވާޔަށް ތެޔޮފޮދެއް އަޅާފައި ކުކުޅުކޮޮޅު މަޑު މުށިކުލައަރާވަރާށް ހަނާކޮށްލާށެވެ.
އެހެން ތަވައެއް އުނދުން މައްޗަށް އުދާލުަމަށްފަހު ތެޔޮފޮދެއް އަޅާލާށެވެ.
ހޫނުވީމާ ފިޔާ ،ލޮނުމެދު، ގިތެޔޮމިރުސް ،ހިކަނދިފަތް، ލޮނުމެދު އަސޭމިރުސް ،ކިއުބް ،ލޮނު ކޮޅެއް އެއްކޮށްލާށެވެ.
އެބައި އަންދާނުލާ ކުޑަކޮށް ހަނާވުމުން އޮރެންޖް ދިޔަ ކޯންފްލަރކޮޅު އެއްކޮށްފައި ގިރާލާށެވެ.
ރީތިކޮށްލަން އޮރެންޖް ކުލަ ކޮޅެއް ވެސް އެއްކޮށް ލާށެވެ.އެބައި އެއްކޮށްފައި ސޯސް ކޮޅު އޮލަވެ އެއް ވަަންދެން ދޭފަތުން ހަލަމުން ކައްކާލާށެވެ.
ހަނާކޮށްފައި ހުރި ކުކުޅު ކޮޅު އޭގެތެރެއަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.