English Edition
Dhivehi Edition

ޓެލެވިޒަން އެކްޓްރެސް ދީޕިކާ ކައްކަރ އަށް ލިވާ ކެންސަރ ޖެހިފައިވާ ކަމަށް އޭނާގެ ފިރިމީހާ ޝުއައިބް ބުނެފިއެވެ.

ދެމަފިރިންގެ ޔޫޓިއުބް ޗެނަލްގައި ޝުއައިބް ބުނެފައި ވަނީ ދީޕިކާ ބަނޑުގައި ރިއްސާތީ މީގެ ދުވަސްތަކެއް ކުރިން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓު ތަކުން ލިވާގައި ޓެނިސް ބޯޅައަކާ އެއް ވަރު ޓިއުމަރެއް އުފެދިފައި ވާކަން އެނގިފައި ވާކަމަށެވެ.

ބަނޑުގެ ސްކޭނަށް ފަހު ޑޮކްޓަރުން ޓިއުމަރު ތަހުލީލު ކުރުމުން އޭނާ އަށް ސްޓޭޖް 2 ލިވަރ ކެންސަރ ޖެހިފައިވާކަން މިހާރު ވަނީޔަގީން ކުރެވިފައި ކަމަށް ޝުއައިބު ބުންޏެވެ. ނަމަވެސް ޓިއުމަރ ނަގަން ކުރަންޖެހޭ ސާރޖަރީ ނުކުރެވިގެން އުޅެނީ ދީޕިކާ ހުން އައިސް ވަރަށް ބޮޑަށް ރޯގާޖެހި ކެއްސައި އުޅޭތީ ކަމަށާއި ސާރޖަރީ ކުރަން އަދި ހަފްތާ އެއްހާ ދުވަސް ނަގާނެ ކަމަށް ޝުއައިބު ބުނެފައި ވެއެވެ.

ދީޕިކާގެ ސިއްޙީ ހާލަތު ޔޫޓިއުބް ޗެނަލްގައި ހިއްސާ ކުރުމަށް ފަހު ޝުއައިބް ބުނީ މި ހިތްދަތި ދުވަސްވަރު ހުރިހާ އެންމެން ގެ ހެޔޮ ދުޢާ އެ އާއިލާއަށް އަދި ހާއްސަކޮށް ދީޕިކާއަށް ބޭނުން ވާކަމަށެވެ.

ދީޕިކާ އާއި ‘ސަސުރާލްކާ ސިމަރ’ ސީރީޒްގެ ކޯސްޓަރ ޝުއައިބް އާ ކައިވެނި ކޮށް 2023 ވަނަ އަހަރު މި ދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ. ދަރިފުޅު ލިބުމަށްފަހު ދީޕިކާ އެކްޓުކުރުމާއި ދުރަށްގޮސްފައެވެ.