English Edition
Dhivehi Edition

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާ “ޕްރިމިއަމް ފޯ ގުޑް” ގެ ދަށުން ތައާރަފުކޮށްފައިވާ؛ ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަން ފަންޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“އެލައިޑް ކޮމިއުނިޓީ ފަންޑް” އަކީ ހަ ދާއިރާއެއް ހިމެނޭގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން އަތޮޅު ތެރޭގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ލިބިދޭ ފަންޑިންގ ޕްރޮގްރާމެކެވެ. އެގޮތުން ޕްރޮޖެކްޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ

  • ސިއްހީ ދުޅަހެޔޮކަން
  • އިޖުތިމާއީ ހިދުމަތް
  • ތިމާވެށި ރައްކާތެރިކުރުން
  • އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް
  • ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮ ބަދަލުތަކެއް ގެނައުން

އެލައިޑުން ބުނީ މިކަމަށް އެދި ޖޫން މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން “އެލައިޑް އެޑިޔުކޭޝަން ފަންޑް” އަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށް ހިތްވަރުދޭ ފަންޑިންގ ޕްރޮގްރާމެކެވެ. މި ޕްރޮޖެކްޓަށް އެންމެ ރަނގަޅު ހިޔާލު ހުށައަޅާ އަށް ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.