English Edition
Dhivehi Edition
އެލައިޑް: ފޮޓޯ ކޮރަލް ގްލާސް

އެލައިޑް ތަކާފުލްގެ ފަރާތުން އަންހެނުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ “ކަމަނަ ތަކާފުލް” ޕްލޭނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. އަންހެނުންގެ ދުވަހާ ގުޅުވައިގެން ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ 8 މާޗު 2026 އިން ފެށިގެން އަންނަ މޭ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މި ޕްލޭންގައި ބައިވެރިވާ އަންހެނުންނަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ނުވަތަ ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.

“ކަމަނަ ތަކާފުލް” އަކީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް އަންހެނުންނަށް މާލީ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގެ ސަބަބުން އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަގުބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެއެވެ. ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދިނުމެވެ.

މި ޕްލޭންގެ ދަށުން ބައިވެރިންނަށް ގިނަ ފައިދާތަކެއް ލިބިގެންދެއެވެ. އެގޮތުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ފައިސާގެ 5 ޕަސަންޓު ނެގުމުގެ ފުރުސަތު ލިބޭ “އިމަޖެންސީ ފަންޑު” ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންގެ ސިއްހަތަށް އިސްކަންދިނުމުގެ ގޮތުން، ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށް އެލައިޑް ތަކާފުލް އޮފީހުން ބުންޏެވެ. މި ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ.