English Edition
Dhivehi Edition

މެއި 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން މަސްވެރިންނަށް ދޫކުރާ ފެސިލިޓީއާއި އެކު ލޯނަށް އެދި ހުށަހެޅޭނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ލޯނަށް ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބެހެއްޓުމަކާނުލާ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ލިބޭނެކަމަށެވެ.

މި ފެސިލިޓީގެ ދަށުން 10،000 – 300،000 ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފައިނޭންސިން މުއްދަތަކީ 5 އަހަރެވެ.

  • ފައިދާގެ ރޭޓް: 15 ޕަސެންޓު

މިނިސްޓްރީ އާއި ބީއެމްއެލް އާއި ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި ލޯނަށް އެދި ހުށަހެޅުމަށް އިކުއިޓީ އަދި ސެކިއުރިޓީ ބޭނުމެއް ނުވާނެކަމަށެވެ. މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް އެ ބޭންކުން ހަމަޖައްސައިދޭނެ ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މިއީ މިފަދަ ނިންމުމެއް އެ ބޭންކުން ނިންމާ ފުރަތަމަ ފަހަރުކަމަށެވެ