English Edition
Dhivehi Edition

ތުރުކީގެ އުރު އިތުރުން ފަސިންޖަރު ފްލައިޓެއް ރަންވޭ މަތިން ކަހާލައި ގޮސް ފަރުބަދައެއްގެ މައްޗަށް ވެއްޓިއްޖެއެވެ.

އީއްޔެ ހިނގި މިހާދިޘާގައި ފްލައިޓުގައި ތިބި އެއްވެސް ބަޔަކަށް މާ ބޮޑު ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފައެވެ. މި ފްލައިޓުގައި ޖުމްލަ 162 ފަސިންޖަރުން ދަތުރުކުރިއެވެ.

ތުރުކީގެ އިރު އުތުރުން ބްލެކްސީގެ އައްސޭރި ފަށުގައި އޮންނަ ޓްރަބްޒޮން އެއާޕޯޓުގައި ހިނގި މިހާދިޘާ ހިނގަން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ހާދިޘާ ހިނގަން މެދުވެރިވީ ދޫންޏެއްގެ ސަބަބުން ކަމަށްވެއެވެ.

މި ފްލައިޓުގެ ފޮޓޯ ތަކުން ފެންނަ ގޮތުގައި މި ފްލައިޓްވަނީ ރަންވޭއިން ކަހާލައިގެން ގޮސް ފަރުބަދަ މަތިން ތިރިއަށް މިސްރާބު ޖަހާ ތާށިވެފައެވެ. އަދި ފްލައިޓުގެ އެންމެ ކުރީ ކޮޅު އޮތީ މޫދާ ދިމާލަށެވެ.

ފްލައިޓު މަޑު ޖެހުމާއި އެކު މީހުން ސަލާމަތް ކުރާ ފަރާތްތަކުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ތުރުކީ މީޑިއާއަކަށް ފްލައިޓުން ދަތުރު ކުރި ފަސިންޖަަރަކު މައުލޫމާތު ދިންގޮތުގައި އެހީ އަންނަށް ދެން އެމީހުން ފްލައިޓުތެރޭ ވިހި މިނެޓް މަޑު ކުރަން ޖެހުނެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ފްލައިޓު ތެރޭ އެވަގު ތެޔޮ ވަސް ދުވި ނަމަވެސް ނަސީބަކުން ކަމެއް ނުވެއެވެ.

މި ހާދިޘާއާއި ގުޅިގެން ޓަބްރަޒޮންގެ ގަވަރުނަރު ބުނެފައި ވަނީ މި ހާދިޘާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ހާދިޘާއާއި ގުޅިގެން އެއާޕޯޓު ބަންދު ކުރުމަށް ފަހު، ވީ އެންމެ އަވަހަކަށް ހުޅުވާނެ ކަމަށެވެ.

ތުރުކީގެ އަންކާރާއިން ދަތުރު ކުރި މި ފްލައިޓު އަކީ ޕެގަސަސް އެއާލައިންގެ ފްލައިޓެކެވެ. އެފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައ ވަނީ ހާދިޘާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އަދި މިފަދަ ކަމެއް މެދުވެރި ވުމުން އެކަމާ ހިތާމަ ކުރާކަމަށެވެ.