English Edition
Dhivehi Edition
ތުރުކީގެ ރައީސް އުރުދުގާން އަދި ރައީސް މުއިއްޒު

ތުރުކީ ވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، “ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ”ގެ ނަމުގައި އިދާރާ އެއް މިއަދު އުފައްދަވައި އެ އިދާރާ އަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

“ތުރުކީ ގައި ދިވެހިރާއްޖޭގެ އެމްބަސީ އެއް ގާއިމު ކުރެއްވީ، ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދު ގައި އޮންނަ ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި,” -ރައީސް އޮފީސް-

ރައީސް މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ވަޑައިގަތްގޮތަށް ތުރުކީ ވިލާތަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއަށް ތުރުކީން ކާޑުގެ ބާވަތްތައް ވެސް ގައުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުމަސްވެސް ތުރުކީއަށް އެކްސްޕޯޓުކުރުމަށް އެއްބަސްވުމަށް އާދެވިފައިވާކަމަށެވެ. ރައީސް މުއިއްޒު ތުރުކީ ދަތުރުފުޅަށްފަހު ވަނީ އެ ގައުމުން 38 މިލިއަން ޑޮލަރަށްދޭ ތިން ސަވައިލަންސް ޑްރޯން ރާއްޖެއަށް ގަތުމަށް ހަަމަޖެހިފައިވާކަންވެސް އިއުލާނުކުރައްވާފައެވެ.