ތުރުކީގެ ރައްޔިތެއް ކަމަށްވާ ބޭހަން 50 އަހަރު ރައްޓެހިންނާއެކު މަސްތުވެގެން ގެއަށްދިޔަ މަގުމަތީގައި މަގުއޮޅި ގެއްލުނެވެ.
ބޭހަން ގެއަށް ނައިސް ހަބަރެއް ނުވާތީ ފުލުހުންނަށް ރިޕޯޓް ކުރީ އޭނާގެ އަނބިމީހާ އެވެ. ފުލުހުންނާ ބައެއް އާންމު ރައްޔިތުން ބޭހަން ހޯދުމުގައި ބޯޖަންގަލީ ތެރޭގައި ނަމުން ގޮވަމުން ހިގަންފެށިއެވެ. އަދި ބޭހަން ހޯދުމަށް މަގުމަތިން ދިމާވާ އާންމު ރައްޔިތުންގެ އެހީ ހޯދަމުން ދަނިކޮށް ބޭހަން އާދިމާވެގެން އޭނާވެސް ނަމުން ގޮވަމުން ހޯދުމުގައި ބައިވެރި ވިއެވެ. އަމިއްލަ ނަމުން ގޮވަމުން މަސްތުގެ ހާލަތުގައި ހުރެ ބޭހަން ގަޑިއިރުތަކެއް ވަންދެން އަމިއްލަ މީހާ ހޯދުމުގައި ވަނީ ބައިވެރި ވެފައެވެ.
ބޭހަން ހޯދުމުގައި އެއްކޮށް އުޅުނު ފުލުހަކު “ބޭހަން މުޓްލު” ކިޔާ ފުރިހަމަ ނަމުން ގޮވާލުމުން ކައިރީގައި ހުރިމީހަކު “އަހަރެން މިހިރީ” ކިޔާފަ ޖަވާބުދިނުމުން ހޯދަމުން ދިޔަ ފުލުހުންނަށް ސިހުމެއް ލިބުނެވެ. އަދި އޭނަ އެއްކައިރި އަކަށް ގެންގޮސް ވޮލެޓް ޗެކް ކުރުމުން ފުލުހުން ހޯދަމުން ދިޔަމީހާކަން އެގުނެވެ.
ބޭހަން ފެނުމާ އެކު ފުލުހުންވަނީ އޭނަ ގޮވައިގެން ގޮސް އާއިލާ މީހުންނާ ހަވާލުކޮށްފައެވެ.