English Edition
Dhivehi Edition
އައްޑުސިޓީ ގައުކެނޑި ސަރަޙައްދުގައި ހިނގި އެކްސިޑެންޓު - ވަގުތު އިމޭޖަސް

އައްޑޫ ސިޓީ ލިންކް ރޯޑުގައި (ގައުކެނޑި ސަރަހައްދުގައި ) ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ރޭ ދަންވަރު ގާތްގަނޑަކަށް 12:45 ގައި ހިނގި މި އެކްސިޑެންޓަކީ ، ގުޅިފައިވާ ފަޅުރަށްތަކުގެ ތެރޭން ލިންކުރޯޑުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރުގެ ކުރިމަތިޕިކަޕެއް ހުރަސްކުރުމުން އެއިން ސަލާމަތް ވުމަށް އުޅުމުގައި ކޮންޓްރޯލުން ނައްޓާލައިގެން ހިނގި އެކްސިޑެންޓެއް ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގި ވަގުތު ކޮންޓްރޯލް ނުވެ، ފުރޮޅާލައި ކާރު ވަނީ 300 އެއްހައި ފޫޓު ދުރަށް ވިއްސައިގެން ގޮސްފައެވެ. ނަމަވެސް މި ހާދިސާގައި އެކްސިޑެންޓުވި ކާރު ޕިކަޕުގައި ނުޖެހެއެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި ދެ މީހުން ތިބި ނަމަވެސް އެކްސިޑެންޓުގައި މިއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފައެވެ.

އެކްސިޑެންޓާއި ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަޙުގީގުކުރަމުންނެވެ.