އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ފިހިގެން ފަރުވާދެމުން ދަނިކޮށް ނިޔާވީ އއ.ރަސްދޫ ބްލޫ ޝޭޑް، އަލީ ސާމިންއެވެ.
މިހާދިސާގައި އަނިޔާވި އަލީ ސާމިންއަށް އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާދީފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން އޭނާވަނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.
މި މަހުގެ 27 ގައި ހިނގި މި ހާދިސާގައި ދެ މީހަކަށް އަނިޔާވެ އައިޖީއެމްއެޗް ގައި ފަރުވާދީފައިވާއިރު، މި ހާދިސާގައި ދެން ފިހުނު އަންހެން މީހާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޔާވެފައެވެ.