English Edition
Dhivehi Edition
ބަންދުގައި ހުއްޓާ ފިލި ޝަހްބާން

އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި ޒުވާނާ މޫދުގައި އޮއްވާ އަތުލައިގެންފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ އެއިދާރާގެ ބެލުމުގެ ދަށުން ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަނބުގެ، ޙުސައިން ޝަޙްބާން (25އ) ވަނީ ހޮނިހިރު ދުވަހު 18:35 އެހާކަންހާއިރު އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން ފެނިފައި ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ.

ޝަހުބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޙުސައިން ޝަޙްބާން ފިލި ގޮތާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.