ދިވެހިން އެންމެ އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައި އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ބުނީ، މި އަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ގައުމުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އައިޑީކާޑު ހެއްދޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ގައުމުތަކަކީ
އައިޑީކާޑާއި ޕާސްޕޯޓް ހައްދަން ކޮންމެ ފަހަރަކު މާލެ އަންނަން ނުޖެހޭ ގޮތަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ