English Edition
Dhivehi Edition

މުއްދަތު ހަމަވާ އައިޑީ ކާޑުތައް، ޖުލައި 31 ގެ ނިޔަލަށް ބޭނުންކުރެވޭނެކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފިއެވެ.

ޑީއެންއާރް އިން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑްގެ ބަލި ފެތުރުން އިތުރުވަމުންދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަންކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަމަށެވެ،

މީގެ އިތުރުން އެ އިއުލާނުގައި ބުނީ ޑީއެންއާރަކީ ރައްޔިތުންގެ އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްކަމަށްވުމުން، މިދަނޑިވަޅުގައި ރައްކާތެރިކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުން މި ޑިޕާޓްމަންޓަށް ހާޒިރުވާންޖެހޭ ފަރާތްތަށް ވީހާވެސް މަދުކުރުމަށްޓަކައި މުއްދަތު ހަމަވާ ކާޑުތަކުގެ މުއްދަތު ޖުލައި 31 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އިތުރަށް އެ އިއުލާނުގައި ވަނީ އާއްމު ރައްޔިތުންނަށް އައިޑީ ކާޑު މެދުވެރިކޮށް ހިދުމަތްދޭ އެންމެހައި މުއައްސަސާތަކުން ހިދުމަތް ފޯރުކޮށް ދިނުމުގައި އެ އިއުލާނަށް ރިއާޔަތްކޮށް ހިދުމަތް ދޭން ވަނީ އެދިފައެވެ.