English Edition
Dhivehi Edition
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) - ފޮޓޯ: ފޭސްބުކް

މުއްދަތު ހަމަވެފައިވާ ކާޑުތަކުގެ މުއްދަތު ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިހާރު މާލޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ކަމެއްކަމުގައި ނުފެންނާތީއާ ވަރަށް ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުން ޚިދުމަތް ހޯދުމުގައި ދަތިތަކެއް މެދުވެރިވެދާނެކަމަށް ފެންނާނީ، މުއްދަތު ހަމަވެފައިވާ ކާޑުތައް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިގޮތަށް މުއްދަތު އިތުރުކޮށް އިޢުލާން ކުރެވުނު ކަމުގައި ވިޔަސް މިހާރެކޭ އެއްފަދައިން އޮންލައިންކޮށް (ވެބްސައިޓް މެދުވެރިކޮށް) ކާޑު ހެއްދުމަށް ހުށައެޅުއްވޭނެ ކަމަށްވެސް ޑީއެންއާރުން ހާމަކުރެއެވެ.

މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު މަދުވެފައި ވަނިކޮށް، މިހާރު އަނެއްކާވެސް މި ބަލި ދަނީ މާލޭގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. މީގެ އިތުރުން މިހާރު މި ބަލި ވަނީ ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައިވެސް ފެތުރެން ފަށައިފައެވެ.