English Edition
Dhivehi Edition
ފުލުހުން ހުޅުމާލެއިން އަތުލައިގަތް ބަނގުރާ ފުޅިތައް / ފޮޓޯ: ފުލުހުން

ގިނަ އަދަދެއްގެ ބަނގުރަލާއެކީ ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ.

ރޭ 21:55 އެހާއިރު، ހުޅުމާލޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހިފައިގެން ދާކަމަށް ބެލެވޭ ވެހިކަލެއް ބަލައި ފާސްކުރިއިރު، އެ ވެހިކަލްގެ ތެރެއިން ބަނގުރާ ކަމަށް ޝަައްކު ކުރެވޭ އެއްޗެއް ހުރި 54 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މިއޮޕަރޭޝަނުގައި އެތަކެތި އުފުލި ވެހިކަލް ޓޯކޮށް، ލަންކާ ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓެގު