English Edition
Dhivehi Edition
ހުޅުމާލެ/ފޮޓޯ ސޯޝަލްމީޑިއާ

ހުޅުމާލޭގައި ހުންނަ އޯސީސީ ސަރަހައްދު ކައިރީގައި ހިންގާ ގެސްޓްހައުސްއެއްގެ ތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.
މަރުވެފައި އޮއްވާ ފެނުނީ ކާކު ކަމެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން ބުނީ ގެސްޓްހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަރުވެފައި އޮއްވާ ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ރަސްމީ އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

ޓެގު