މާލޭގައި ހިންގަމުންދާ ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ތަންތަނަށް ހާއްސަކޮށް ހިންގި އޮޕަރޭޝަނެއްގައި ސައްހަ ވިސާ ނެތި މަސައްކަތް ކުރަމުން ދިޔަ 6 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަން އިން ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯސްއިން އިއްޔެ ހިންގި އޮޕަރޭޝަނުގައި 6 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ހުރި ކެފޭ، ހޮޓާ އަދި ޓޭކްއަވޭ ފަދަ 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިޔަ 6 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
https://x.com/ImmigrationMV/status/1909095247868801511
ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ