އައްޑޫ ސިޓީ ހިތަދޫގެ އާރިކިޅީގެ ތެރޭގައި ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، އާރިކިޅީގައި މީހަކު ހަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ހެނދުނު 9:33 ހާއިރު ލިބުނު ކަމަށެވެ.
އެ މީހާ އައްޑޫގެ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.