English Edition
Dhivehi Edition
ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ހަވާލުކުރުން

ހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ސަރުކާރު ކުންފުނިތަކާ ހަވާލުކުރީ ފަސް ހޮސްޕިޓަލައެއްގެ އިތުރުން ސިއްހީ މަރުކަޒުތަކަށް އިތުރު ކުރެވޭ ފަސް އިމާރާތެއް އެޅުމަށެވެ.

އެގޮތުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކުރެވޭ 02 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރެވެ.

  • ނ. ވެލިދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 108,322,537.03ރ. – މުއްދަތު: 540 ދުވަސް
  • އދ. ފެންފުށީ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 26,839,684.82ރ. – މުއްދަތު: 540 ދުވަސް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކުރެވޭ 03 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާހްއެވެ.

  • ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 7,641,116.64ރ. – މުއްދަތު: 365 ދުވަސް
  • ގއ. ކޮނޑޭ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 6،763،307.54ރ. – މުއްދަތު: 300 ދުވަސް
  • ގދ. ނަޑެއްލާ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 6،757،395.89ރ. – މުއްދަތު: 300 ދުވަސް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ހަވާލުކުރެވޭ 05 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު ޢިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

  • ހދ. ނެއްލައިދޫ ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 11،197،462.90ރ. – މުއްދަތު: 450 ދުވަސް
  • ށ. މިލަންދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 110،878،732.12ރ. – މުއްދަތު: 600 ދުވަސް
  • ކ. ތުލުސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 110،716،537.72ރ. – މުއްދަތު: 600 ދުވަސް
  • އއ. ރަސްދޫ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 185،571،402.42ރ. – މުއްދަތު: 780 ދުވަސް
  • ގއ. ވިލިނގިލީ ހޮސްޕިޓަލްގެ އައު ޢިމާރާތުގެ މަސައްކަތް ހަވާލުކުރުން – އަގު: 185،571،402.42ރ. – މުއްދަތު: 780 ދުވަސް