English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައެވެ.

ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާނާއި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ.

މާލޭގައި ބޭއްވުނު މި ރަސްމިއްޔާތުގެ އިތުރުން، ރާއްޖޭގެ އެހެން ރަށްރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތުތައް ބޭއްވުނެވެ. މި ރަސްމިއްޔާތުތަކުގައި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު “ފުލުހުން މީހުންގެ ޤާނޫނާ”އެކުގައެވެ