English Edition
Dhivehi Edition
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ބަހަން ފެށުން: ފޮޓޯ: | މިހާރު

ރޯދަހަދިޔާގެ ގޮތުގައި ބެހުމަށް އިތުރު 518 ކޭސް މަސްދަޅު ލިބިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ހިތަދޫއަށް ރޯދަހަދިޔާގެ ގޮތުގައި ސަރުކާރުން ދީފައިވާ މަސްދަޅުކޭސް ބެހުމުގައި، ބައެއް ގޭބިސީތަކަށް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާތީ، އެ ފަރާތްތަކަށް ބެހުމަށްޓަކައި 518 މަސްދަޅުކޭސް އިތުރަށް އައްޑޫސިޓީކައުންސިލަށް ލިބިފައިވާކަމަށެވެ.

ކުރިން މަސްދަޅުކޭސް ލިބިފައިނުވާ ގޭބިސީތަކަށް މަސްދަޅުކޭސް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކޮށް އައްޑޫ ސިޓީ ކައުންސިލުން ބުނީ 24 މާޗް 2025 އިން 27 މާޗް 2025 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށް ހިތަދޫ އަވަށު އޮފީހުގެ ކުރީގެ އިމާރާތުން މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ގޭބިސީތަކުން މަސްދަޅު ކޭހާއި ހަވާލުވުމަށް އަންނަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ކަރަންޓް ބިލު ގެނައުމަށް އިލްތިމާސްކޮށްފައެވެ.