English Edition
Dhivehi Edition
ފޮޓޯ:ފޭސްބުކް

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލުމަށްޓަކައި އައްޑޫ ސިޓީގައި އެކަމަށް ހާއްސަ މައި އޮފީހެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ

ރޭ ގުޅިފައިވާ ޕާޓީތަކުން އދ. މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ހަސަން ލަތީފް ވިދާޅުވީ ރާއްޖެ ތަރައްގީވާ ކަމަށް ބެލެވޭނީ މާލެއާ އެކުއެކީގައި އަތޮޅުތައް ވެސް ތަރައްގީ ކުރެވިގެން ކަމަށާއި އެހެންކަމުން އެ ޕާޓީން މަސައްކަތް ކުރަމުންދާނީ އެއަމާޒަށް ވާސިލްވުމަށްކަމަށެވެ. އައްޑޫ ސިޓީގައި ހުޅުވުމަށް ހަމަޖެހިފައިވާ މައި އޮފީސް ހުޅުވޭނެ ވަކި ތާރީހެއް ހަސަން ލަތީފް ހާމަކުރައްވާފައި ނުވާއިރު އެ މަސައްކަތާއި ބެހޭ މާ ބޮޑު ތަފްސީލެއްވެސް ދެއްވާފައެއް ނުވެއެވެ

އިދިކޮޅު ފަރާތްތަކުން މާމިގިލީގައި ބޭއްވި ޖަލްސާގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ. މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މި ސަރުކާރު މިހާރު އޮތީ ބަލިވެ ރޫޅެން ފަށާފައިކަމަށާއި ގުޅިފައިވާ ޕާޓީތަކުން މި އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށެވެ