English Edition
Dhivehi Edition

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ފަނަރަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ބާމިގޯރެންގ ”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

40 ގުރާމް ކެރެޓް
40 ގުރާމް ލީކްސް
40 ގުރާމް ކެބެޖު
2 ރޯ މިރުސް
ގިތެޔޮ މިރުސް ފަޅިއެއް
2 ފިޔާ
6 ލޮނުމެދު
ބައި އިންޗި އިނގުރު
2 ޕެކެޓް ނޫޑްލިސް
50 ގުރާމް ކަށިނެތް ކުކުޅު
2 ސޮސެޖު
2 ސަމްސާ ސޯޔާ ސޯސް
1 ސައިސަމްސާ ތައި ޗިލީ ޕޭސްޓު
ލޮނު
އަސޭމިރުސް
ބައި ސައިސަމްސާ މުގުރި މިރުސް
1 ސަމްސާ އޮއިސްޓަރ ސޯސް
1 ބިސް
ބައި ސައިސަމްސާ މުގުރި ޕެޕްރިކާ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ނޫޑްލިސް ތެރެޔަށް ހޫނު ފެން ފޮދެއް އަޅާފައި މަޑުވެލަންދެން އެއްކައިރި ކޮށްލާނީއެވެ.
ދެން ހުރިހާ ތަރުކާރީކޮޅެއް ކުދިކޮށް ކޮށާލާފައި، ކުކުޅު އަދި ސޮސެޖު ވަކިން، ކުދިކޮށް ކޮށާލާށެވެ.
ސޯޔާ ސޯސް އަދި ތައި ޗިލީ ޕޭސްޓްކޮޅު ކުކުޅުކޮޅު ތެރެޔަށް އަޅާފައި 20 މިނެޓް މެރިނޭޓް ކޮށްލާށެވެ. މެރިނޭޓް ކުރާނީ ރަހަތައް މަސްކޮޅުތެރެޔަށް ރަނގަޅަށް ވަންނަންދެނެވެ.
ތެއްޔަކަށް ކުކުޅާއި ސޮސެޖު އޮލިވް އޮއިލްކޮޅެއް އަޅާފައި ރޯފިލުވާލާށެވެ.
ދެން ލޮނު، މުގުރި މިރުސް، އަސޭމިރުސް އަދި ޕެޕްރިކާ އެއްކޮށްލުމަށް ފަހު އެއްކުރާށެވެ.
މަސްކޮޅު ރޯފިލަން ފެށުމުން ކުދިކޮށް ކޮށާލި ތަރުކާރީ އާއެކު އަޅާފައި ދޭފަތުން ހަލުވަމުން ގެންދާށެވެ.
އެ އަށް ފަހު ތެލި ތެރެޔަށް ބިސް އަރޅާލާފައި ރޯފިލުވާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ކެއްކި ނޫޑްލިސްކޮޅާއި ހުރިހާ ސޯސްއެއް އަޅާފައި އެއްކުރަމުން ކައްކަމުންގެންދާށެވެ.
ދެން ތައްޓަކަށް އަޅާފައި ސާރވްކުރާށެވެ.