English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ28ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ރޯސްކުރި ކުކުޅު ” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

1 ކުކުޅު
1 ގިތެޔޮ މިރުސް
1 ސަމުސާ މުގުރި މިރުސް
1 ސަމުސާ ހަނާކުރި މިރުސް (ލޮނުމިރުސް)
1 ސަމުސާ ލޮނު
4 ސަމުސާ އޮލިވް އޮއިލް
1 ސަމުސާ އަސޭމިރުސް
1 ސަމުސާ ލޮނުމެދު/އިނގުރު ގާނާފައި
2 ސަމުސާ މާމުއި
2 ސަމުސާ ބްރައުން ޝުގަރ
ބަޓަރ

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ގިތެޔޮމިރުހަށް ތެޔޮ ކޮޅެއް އަޅާފައި އަވަނުގައި ފިހެލާށެވެ. އެއަށްފަހު ތަށްޓެއްގައި މުގުރި މިރުސް، ހަނާކުރި މިރުސް، އަސޭމިރުސް، ލޮނުމެދު ޕައުޑަރ، ބްރައުން ޝުގަރ އަދި ބައި ސަމުސާ ލޮނު އެކުވާނެ ހެން މިކްސް ކޮށްލާށެވެ.

މިކްސަރުން ކުރިން ފިހެލި ގިތެޔޮ މިރުސް، މާމުއި، އޮލިވް އޮއިލް، ބާކީ ބައި ސަމުސާ ލޮނު އަދި ކުރިން ތައްޔާރުކުރި މިކްސް އިން 2 ސަމުސާ މިކްސަރަށް އަޅައި މިކްސް ކޮށްލާށެވެ. އެއަށްފަހު މި ޕޭސްޓް ކުކުޅުގައި ރަނގަޅަށް އުނގުޅައި މަސާޖު ކޮށްލާށެވެ. ދެން އަވަނުން ރަނގަޅަށް ފިހެލާށެވެ.