English Edition
Dhivehi Edition

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ އަށާވީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “އޯރިއޯ ޗީޒްކޭކް”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

ބޮޑު އޯރިއޯ ބިސްކޯދު ޕެކެޓެއް
1/2 ޖޯޑު އަންސޯލްޓެޑް ބަޓަރ

ފިލިންގއަށް:

3 ޖޯޑު ކްރީމްޗީޒް
3/4 ޕައުޑަރ ޝުގާ
1 ޓީސްޕޫން ވެނީލާ އެސެންސް
1 1/4 ޖޯޑް ހެވީ ކްރީމް (ފިނިކޮށްހުރި)
12 އޯރިއޯ ރާޅުކޮށް މުގުރާފައި ހުރި

ޗޮކްލެޓް ގަނާޗް އަށް:
1 ޖޯޑު ޑާކްޗޮލްލެޓް ޗިޕްސް
1 ޖޯޑު ހެވީ ކްރީމް (ފިނިކަންހުރި)
އޯރިއޯ ބިސްކޯދު (ޑެކަރޭޓް ކޮށްލުމަށް)

ތައްޔާރު ކުރާނެގޮތް:

އޯރިއޯ ބިސްކޯދު މިކްސަރަކުން ހިމުންކޮށް މުގުރާލާފައި ބޯތަށްޓަކަށް އަޅާފައި މެލްޓް ކޮށްފައި ހުރި ބަޓަރާ އެއްކުރާށެވެ. އެއްކޮށް ނިމުމުން 8/9 އިންޗް ޓްރޭގައި (ޗީޒް ކޭކް އަޅާވައްތަރު) ފަތުރާފައި އޮމާންކޮށްފައި ފްރިޖްގައި ބަހައްޓާށެވެ.
ބޯތަށްޓަކަށް ކްރީމްޗީޒް، ޕައުޑަރޑް ޝުގާ އަދި ވެނީލާ އަޅާފައި ހޭންޑް މިކްސަރުން އެއްކުރާށެވެ. ދެން ކްރީމް ވެސް އަޅާފައި ކްރީމްގަނޑު ބޭނުންވާ ވަރަށް ހަރުކޮށް ހުންނަ ވަރަށް ގިރާލާށެވެ. އަދި މުގުރާފައި ހުރި އޯރިއޯ އެޅުމަށް ފަހު ސަމުސަލަކުން އެއްކުރާށެވެ.
ފްރިޖުން ޓްރޭ ނެގުމަށްފަހު ތައްޔާރުކުރި ކްރީމް ޓްރޭގެ އޯރިއޯ ލޭޔަރ މަތީގައި ފަތުރާފައި އެއްވަރު ކުރުމަށްފަހު 4 ގަޑިއިރު ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

ދެން ޗޮކްލެޓް ޗިޕްސް ބޯތަށްޓަށް އަޅާފައި ހެވީކްރީމް ހޫނުކުރުމަށްފަހު ޗޮކްލެޓް މައްޗަށް އަޅައި ޗިޕްސް ވިރެންދެން އެއްކުރާށެވެ.

ދެން ފްރިޖުން ޗީޒްކޭކް ނަގާފައި ބިއްލޫރި ތައްޓެއް މަތީ ބެހެއްޓުމަށްފަހު ވަޅި ޓްެރޭގެ އަރިމަތީގައި ވަށައިގެން ހިންގާލުމަށްފަހު މަޑުމަޑުން ޓްރޭގެ އަރިމަތި ނައްޓާށެވެ. ދެން މައްޗަށް ޗޮކްލެޓް ގަނާޗް އަޅާފައި އޯރިއޯ ބިސްކޯދުން ޑެކަރޭޓް ކުރުމަށްފަހު ސާރވްކުރާށެވެ.