އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 23ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ޑޭޓް މިލްކްޝޭކް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
2 ދޮންކެޔޮ
5 ކަދުރު (އޮށް ނަގާފަ)
ކުޑަ މުގުރި ފޮނިތޮށި ކޮޅެއް ރަހަލާވަރަށް
2 މޭޒުމަތީ ސަމުސާ ޗިއާ ސީޑް
2 މޭޒުމަތީ ސަމުސާ ޕީނަޓް ބަޓަރ
2 ކަޕް އަލްމަންޑް މިލްކް (ހަކުރު ނާޅާ)
ތައްޔާރުކުރާނެގޮތް:
މި ޝޭކް ތައްޔާރުކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް މިކްސަރަށް އަޅައި ރީއްޗަށް މިކްސް ކޮށްލާށެވެ. މިތައްޔާރުވެ ނިމޭއިރު މާބޮޑަށް އޮލަ ނަމަ، އިތުރަށް ކިރު އަޅައި މިކްސްކޮށްލުން ރަނގަޅުވާނެވެ. ރަނގަޅަށް މިކްސްކޮށް ތައްޔާރުވުމުން ފްރިޖަށްލައި ފިނިކޮށްލައިގެން ބޯލާށެވެ. ސިއްހަތަށް ފައިދާހުރި ބުއިމަކަށް މި ޝޭކް އިހުތިޔާރު ކޮށްލެވޭނެއެވެ.