English Edition
Dhivehi Edition

ތުރުކީ ރައްޔިތުން އެމެރިކާއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ތުރުކީ ސަރުކާރުން އަންގައިފިއެވެ.

ތުރުކީގެ ޚާރިޖިއްޔާއިން ހުކުރުދުވަހު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާއަށް ދަތުރު ކުރުމުގައި ސަމާލުވާންވީ ޓެރަރިސްޓް ހަމަލާ ތަކަށާއި، ކުށެއް ނެތި ހައްޔަރު ކޮއްފާނެ ކަމަށެވެ.

ތުރުކީގެ ޚާރިޖިއްޔާއިން އެގޮތަށް ބަޔާންނެރުނީ ދާދި ފަހުން އެމެރިކާގައި ބަޑީގެ ހަމަލާތަކެއްދީފައިވުމާއި، މީހުންގެ ތެރެއިން އުޅަނދު ދުއްވުންފަދަ ކަންކަން ހިނގާފައިވާތީއެވެ. އެހެންކަމުން އެއްވެސް ކުށަކާނުލައި ކުދިކުދި ކަންކަމުގައިވެސް ތުރުކީ ރައްޔިތުން ހައްޔަރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

ތުރުކީން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ މިދިޔަ ހަފްތާގައި އެމެރިކާއިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގެ ސަބަބުން ކަމަށް ބެލެވެއެވެ. އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައި ތުރުކީ، ގުއަޓަމާލާ އަދި ޕާކިސްތާން ވަނީ ސަލާމަތީ ހިރާސްތަކެއް ހުރި ގައުމުތަކެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.

ކުރުދީ ހަނގުރާމާވެރިންނަށް އެމެރިކާއިން ތާއިދުކުރާ ކަމަށް ތުހުމަތުކޮށް މިދިޔަ އަންގާރަދުވަހު ތުރުކީ ސަރުކާރުންވަނީ އެމެރިކާ ސަފީރު އަންކާރާއަށް ހާޒިރު ކޮށްފައެވެ.

ތުރުކީއާއި އެމެރިކާ ދެމެދު މަސްރަހުދަނީ ފަހަކަށް އައިސް ހޫނު ވަމުންނެވެ.