English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ހަވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “މެންގޯ ޗީޒް ކޭކް”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

10 މާރީ ބިސްކޯދު ހިމުންކޮށް މުގުރާފައި

1/4 ޖޯޑު ބަޓަރ ވިރުވާފައި

8 އިންޗީގެ ޗީޒްކޭކް އަޅާ ޕޭން އެއް

1 ޖޯޑު ކޮށާފައި މިކްސްޗަރުން ފުނޑާފައިހުރި އަނބު

1 ޖޯޑު ކްރީމްޗީޒް

1/3 ޖޯޑު ޕައުޑަރ ޝުގާ

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

3/4 ޖޯޑު ވިޕްކްރީމް

ތައްޔާރުކުރާނެގޮތް:

މާރީބިސްކޯދު ގެ ތެރެއަށް ވިރުވާފައި ހުރި ބަޓަރ އަޅާފައި އެކޮށްފައި ޓްރޭގެ ތެރެއަށް ފަތުރާލުމަށްފަހު ކުޑައިރު ކޮޅަކަށް ފްރިޖްގައި ބަހައްޓާށެވެ. ދެން ތަށްޓަކަށް ކްރީމް ޗީޒް، މިކްސްޗަރުން ހިމުންކޮށް ފުނަޑާފައި ހުރި އަނބު، ޕައުޑަރ ޝުގާ ،ވެނީލާ އެސެންސް އަޅާފައި ހޭންޑް މިކްސަރުން ހުރިހާބާވަތެއް އެއްވަންދެން މިކްސް ކޮށްލާށެވެ. ދެން ވިޕިންގް ކްރީމް އެޅުމަށްފަހު އޮލަވަންދެން މިކްސް ކޮށްފައި ފްރިޖްގަ ބެހެއްޓި ޓްރޭ ނެގުމަށްފަހު އޭގެތެރޭގައި ފަތުރާލާށެވެ. ފިނިކިރުމަށް ފްރިޖްގައި ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.

ގާނިޝް ކޮށްލުމަށް މައްޗަށް ބޭނުން ގޮތަކަށް އަނބު އަޅާފައި ޑެކަރޭޓް ކޮށްލާށެވެ.