English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ12 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ބާގަރ ސޯސް” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:
– 4 މޭޒުމަތީ ސަމުސާ މަޔޮނައިސް
– 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
– 1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
– 1/2 މޭޒުމަތީ ސަމުސާ ހަކުރު
– 1 މޭޒުަމަތީ ސަމުސާ ލޮނުމެދު ޕޭސްޓް
– 1 މޭޒުމަތީ ސަމުސާ ފިޔާ (މިކްސްޗަރުން ފުޑާފަ)
– 2 މޭޒުމަތީ ސަމުސާ ލުބޯހުތް
– ކުޑަ އަސޭމިރުސްކޮޅެއް

ތައްޔާރުކުރާނެގޮތް:
– ލިސްޓް ތަރުތީބުން ފަހަރަކު އެއްޗެއް ތައްޓަކަށް އެޅުމަށްފަހު 5 މިނިޓް ވަންދެން ގިރާލާށެވެ. ބާގަރ ސޯސް އެހުރީ ތައްޔާރުވެފައެވެ.