English Edition
Dhivehi Edition

ކޮލެޓީ މައްސަލަތަކެއް ހުރެގެން “ޕެންޓޮޕް 40 އިންޖެކްޝަން” ގެ ބެޗެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަޖް އޮޓޯރިޓީ، އެމްއެފްޑީއޭއިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު އާންމު ކޮށްފަައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޭނުންކުރުން މަނާކޮށްފައިވަނީ އެ ބޭހުގެ (EMPH243030) ނަމްބަރުގެ ބެޗް ކަމަށެވެ.

އެހެންކަމުން “ޕެންޓޮޕް 40 އިންޖެކްޝަން” ގެ މި ބެޗް ނަންބަރުގެ އުފެއްދުން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެމްއެފްޑީއޭއަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

Image

މީގެއިތުރުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް މި ބެޗްގެ ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށްވެސް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް އަންގާފައިވާކަމަށް އެމްއެފްޑީއޭއިން ވަނީ ވިދާޅުވެފައެވެ.