އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.
އެގޮތުން ރޯދަ މަހުގެ ތިންވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ނާން ބްރެޑް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
4 1/2 ޖޯޑު ފުށް
1 ޖޯޑު ޔޯގަޓް
5ގ އީސްޓް
1/2 ޖޯޑު ފެން
1/2 މޭޒުމަތީސަމުސާ ލޮނު
ތައްޔާރުކުރާނެގޮތް:
ތަށްޓަކަށް މަތީގައި ބުނެފައިވާ ހުރިހާ ބާވަތެއް އެޅުމަށްފަހު ފުށްގަނޑު ރަނގަޅަށް އަތުން މޮޑެލާށެވެ. މޮޑެނިމުނީމަ ވަށްކޮށް ފުށްގަނޑު ތަށީގެ ތެރޭގައި ބާއްވާފައި މަތިއަޅާފައި 3 ގަޑިއިރު ވަންދެން ބަހައްޓާށެވެ.ގަޑި ހަމަވީމަ ފުށްގަނޑު ނަގާފައި އޭގެން 8 ގުޅަ ކަނޑާފައި 30 މިނެޓް ވަންދެން ބަހައްޓާށެވެ. 30 މިނެޓް ހަމަވީމަ ފަހަރަކު ގުޅައަކުން ރޮށި ދަމާގޮތަށް ވަށްކޮށް ދަމާލާފައި ފިހެލާށެވެ. ފިހެ ނިމުމުން ނާން ގެ ދެފުށުގައި ތެޔޮ ނުވަތަ ގިތެޔޮ ހާކާލާ ފައި މައްޗަށް ޕާސްލީ ފަތް ކޮށާފައި އަޅާލާށެވެ.