English Edition
Dhivehi Edition

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ފަންސަވީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “އަރަބިއަން ޕުޑިންގ”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

500މލ ކިރު
1 މޭޒުމަތީ ސަމުސާ ކަސްޓަރޑް
3 މޭޒުމަތީ ސަމުސާ ހަކުރު
8 ފޮތި ޕާން
200މލ ވިޕިންގ ކްރީމް
1 މޭޒުމަތީ ސަމުސާ ގެރިކިރު
ޕިސްޓާޗިއޯ ކޮށާފައި

ތައްޔާރުކުރާނެގޮތް:

50އެމްއެލް ކިރަށް ކަސްޓަރޑް އަޅާފައި ސަމުސަލަކުން އެއްކޮށްލާށެވެ. އަދި 150އެމްއެލް ކިރު ހޫނުކުރަން އުދާފައި މީގެ ތެރެއަށް ކަސްޓަރޑް ކިރުފޮދު އަޅާފައި ހަކުރުވެސް އެޅުމަށްފަހު ކުޑަކޮށް އޮލަވަންދެން ކައްކާލާށެވެ. ދެން ވިޕިންކްރީމާށް ގެރިކިރު ފޮދު އަޅާފައި ވިޕްކޮށްލާށެވެ.
ޓްރޭ އެއްގައި ޕާންފޮތީގެ ފުރަތަމަ ލޭޔާރ އަތުރާފައި މައްޗަށް ކަސްޓަރޑް ލޭޔާ އެޅުމަށްފަހު ފޯވީމަ އަނެއްލޭޔާވެސް އަޅާށެވެ. ދެން މައްޗަށް ވިޕްކޮށްފައި ހުރި ވިޕިންގ ކްރީމް އެޅުމަށްފަހު އެއްވަރުކޮށްފައި ގާނިޝް ކުރުމަށް މައްޗަށް ޕިސްޓާޗިއޯ އަޅާލާށެވެ.
ފްރިޖްގައި 2-3 ގަޑިއިރު ބެހެއްޓުމަށްފަހު ސާރވް ކުރާށެވެ.