English Edition
Dhivehi Edition
spicy piri piri chicken, portuguese cuisine

​އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ހަތާވީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ “ޕެރި ޕެރި ޗިކެން”ތައްޔާރު ކުރާނެގޮތެވެ.

ބޭނުންވާތަކެތި:

2 ޓޭބަލް ސްޕޫން އޮލިވް އޮއިލް
3 ލޮނުމެދު
5 ރަތް ތޮޅި މިރުސް
5 ފެހި ތޮޅި މިރުސް
1/2 ޓޭބަލް ސްޕޫން އޮރެގާނޯ ޕައުޑަރ
1 ސައިސަމުސާ ލޮނު
1 ޖޯޑު ވިނެގާ
ކުކުޅު

ތައްޔާރުކުރާނެގޮތް:
ކުކުޅު ފިޔަވާ މަތީގައި ލިޔެފައިވާ ހުރިހާ އިންގްރެޑިއެންޓެއް ތަވައަކަށް އަޅާފައި ހޫނުކޮށް ލުމަށްފަހު ހިހޫކުރަން ތަވާ އުންދުން މަތިން ބާލާށެވެ. ހިހޫވީމަ މިކްސަރުން މިތަކެތި ގްރިންޑް ކޮޑްލާށެވެ. އަދި ކުކުޅުގެ ބޭރުގައި ހާކާލާފައި މެެރިނޭޓް ކުރަން 30 މިނެޓް ވަންދެން ފްރިޖްގައި ބެހެއްޓުމަށްފަހު ގްރިލާ އެއްގައި ނޫނީ އަވަނުން ކުކުޅު ރޯފިލަންދެން ފިހެލާށެވެ.