އެގޮތުން ރޯދަ މަހުގެ ސައުވީސް ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ
”އޯރިއޯ އައިސްކްރީމް ޝޭކް”ތައްޔާރު ކުރާނެގޮތެވެ.
ބޭނުންވާތަކެތި:
5 އޯރިއޯ ބިސްކޯދު
އައިސް ކިއުބް
1 ޖޯޑް ޕްލެއިން ލޯފެޓް މިލްކް
2 ސަމުސާ ވެނީލާ އައިސްކްރީމް
ތައްޔާރުކުރާނެގޮތް:
އެންމެފުރަތަމަ ކިރު، އޯރިއޯބިސްކޯދު އަދި ވެނީލާ އައިސްކްރީމް މިކްސްޗަރަށް އަޅާފައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ދެން ތައްޔާރު ކުރި ޝޭކް ތައްޓަކަށް އެޅުމަށްފަހު މައްޗަށް ވިޕިންގ ކްރީމް އަޅާފައި އޯރިއޯ ބިސްކޯދުން ގާނިޝް ކޮށްލާށެވެ.