އަންނަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން 3 ކެންޑިޑޭޓަކު ނިކުންނާނެ ކަމަށާއި އެހެންނަމަވެސް އެކަން ނިމިގެން ދާނީ ތިން ކެންޑިޑޭޓުން 3 ކެންޑިޑޭޓުންނަށް ތޮޅިގެންކަމަށް ރައްޔިތުންގެ މަޖުލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖްލިސް މެމްބަރު ރިކޯ މުސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން “ދެންވެސް” ގެ ނަމުގައި އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ބޭރުގެ ވަރުގަދަ ނުފޫޒަކާއެކު ކުރީގެ ރައީސް ނަޝީދަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމަށް ވެރިކަމަށް ކުރިމަތި ލެއްވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔަ ނަމަވެސް ޖަލުގައި ހުރި މީހަކަށް ވެރިކަމެއް ނުކުރެވޭނެކަމަށާއި އަދި އުމުރު ހަމަވެފައިވާ ބަޔަކަށް ވެސް ވެރިކަން ނުކުރެވޭނެކަމަށެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން މޫސާ ވިދާޅުވީ ގައުމެއްގެ ޙަޔާތުން އެޤައުމަކަށް އަންނަ ހިނދުކޮޅު ތަކުގެ ވާހަކަ، ހިނދުކޮޅު އަންނަ ފަރާތްތަކުން ދައްކަމުން އަންނަ ކަމަށާއި، އަޅުގަޑުމެންނަށް މިހާރު މިއޮތީ އެ ހިނދުކޮޅު އައިއްސަ ކަމަށެވެ.
” ހިނދުކޮޅު އަންނަ ވާހަކަ ރައީސަކު ދެއްކެވި ކަން ހުރިހާ ރައްޔިތުންނަށްވެސް އެނގޭނެ. އޭރު އައީ އެހެން ޒާތެއްގެ ހިނދުކޮޅެއް. އެހެންނަމަވެސް ރައީސް ޔާމީނާއެކު މުޅި ޤައުމަށް އަންނަނީ ތަރައްޤީގެ ހިނދުކޮޅު” ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ޑުއެޓް ލަވަތަކެއް ކިޔާ ވަކި ގޮތަކަށް ހެދުން އަޅައިގެން ފޮޓޯ ނަގާ، ބެނިއަންއެއް ލައިގެން ޖިމްއަށް އަށް ގޮސް ބޮޑީ ބިލްޑް ކުރާ ކޮންމެ މީހަކާއެކު ރައްޔިތުން ސެލްފީ ނަގަން ބޭނުންނުވާނެ ކަމަށާއި ރައްޔިތުން ސެލްފީވެސް ނަގާނީ ވަކި ގޮތަކަށް ފިލްމު ކުޅެ ވަކި ބައްޓަމަކަށް ލަަވަކިޔާ ހެދީމަކަަމަށެވެ.
މޫސަގެ ވާހަކަފުޅުގައި މެޑަމް ފާތުންނާއެކު އަތޮޅުތަކުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އަދިވެސް ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.
“މާތް ﷲގެ ވާގިފުޅާއެކު މިއިންނެވި މެޑަމް ފާތުންގެ ފިރިކަލުންނަށް 2018 ކާމިޔާބުކޮށްދެއްވާފަ މަސައްކަތް ހުއްޓާލާނީ” މޫސަ ވިދާޅުވިއެވެ.