English Edition
Dhivehi Edition
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގު އިބްރާހީމް މިނިސްޓްރީ އަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މަގާމުން ވަކިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައްވައި، އެ މިނިސްޓްރީ ހިންގެވުމަށް ތޯރިގު އައްޔަންކުރައްވައިފައެވެ.

މި ބަދަލަށް ރުހުންދިނުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުން ތޯރިގަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްވެފައެވެ.