English Edition
Dhivehi Edition

އދ.އާއި އެޖަމްޢިއްޔާގެ އެއްވެސް ގުނަވަނަކުން ވަކި މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެކަމަށް ނާންގާނެކަމަށާއި، އެއީ އދގެ މެންޑޭޓުގައި އޮތްކަމެއް ނޫންކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ

ރިޔާސީ އިންތިޚާބާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ބަންޑާރަނައިބް ވިދާޅުވީ ނަޝީދަށް ރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ބާޠިލްކުރުމުގެ ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ރާއްޖޭގެ ޤާނޫނުތައް ކަމަށާއި ރާއްޖެއަކީ މިނިވަން ސިޔާދަތެއް އޮންނަ ޤައުމެއްކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން ބަންޑާރަނައިބް ވިދާޅުވީ، ޤާނޫނުއަސާސީގައި އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަސްވަރަކީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޮކްޓޯބަރު މަހުގެ ކުރީކޮޅާއި ހަމައަށްކަމަށާއި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވާނެކަމަށެވެ