English Edition
Dhivehi Edition
ފޮޓޯ:އަވަސް

މިހާރު ހުންނެވި މަޤާމުގެ ސަބަބުން އާއިލީ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރެއްވުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތްކަމަށް ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ

ޕީއެސްއެމްގެ ‘އުންމީދާއި ކުރިއެރުން’ ޕޮރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ޣައްސާން ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީނާއެކުގައި ހުންނެވި ކަމަށާއި އަބަދުވެސް ހުންނަވާނީ ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށެވެ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވީ ބައްޕާފުޅު ސަރުކާރަށް ކުރައްވަމުންގެންދެވި ތާއީދު އަނބުރާ ގެންދެވި ނަމަވެސް އަދި ފާރިސް ހައްޔަރުކުރެވިފައިވީ ނަމަވެސް އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތްކަމަށެވެ. މީގެ އިތުރުން ޣައްސާން ވިދާޅުވީ އެމަނިކުފާނާއި، އައިލާގެ ދެން ތިއްބެއްވި ބޭފުޅުން ތަރުބިއްޔަތުކުރައްވާފައިވަނީ އަމިއްލަ ވިސްނުމާއި ބުއްދީގެ ބޭނުންކުރައްވައިގެން އަމިއްލައަށް ގޮތް ނިންމެވުމަށް ދަސްކޮށްދެއްވައިގެންކަމަށެވެ.އެހެންކަމުން ސިޔާސީ ވިސްނުމުގެ ސަބަބުން އާއިލީ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް ޣައްސާން މައުމޫން ވިދާޅުވިއެވ