English Edition
Dhivehi Edition
އިމިގްރޭޝަނުގެ އޮފިސަރުން ބިދޭސީން އެއްވެ އުޅޭ އާންމު ސަރަަހައްދުތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ އިމިގްރޭޝަން

އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުން އާންމުވަމުން ދާތީ, ބިދޭސީންގެ މައްސަލަ ގާތުން ބެލުމަށް ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތައް އިމިގްރޭޝަންގެ އޮފިސަރުން މޮނިޓަރ ކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާންމު މަސްލަހަތު ގެއްލޭ ކަންކަން ހިންގަމުންދާތީ އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެތަންތަން މޮނިޓާކުރަން ފަށާފައިވާ ކަމަށެވެ. އަދި އާއްމު މަސްލަހަތަށް ނުރައްކާވާފަދަ އަމަލުތައް ތަކުރާރުވިއަ ނުދިނުމަށްޓަކައި މިހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީން އެއްވެ އުޅޭ އާންމު ސަރަހައްދުތައް މޮނިޓަރ ކުރަމުންދާއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ ޓާސްކުފޯހުން އެފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ބިދޭސީން ހަރަކާތްތެރިވާ ތަންތަން މޮނިޓަރ ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށްޓަވާފައިވާއިރު މިދިޔަ ދެ ހުކުރުގައި ވެސް މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއް މާރާމާރީ ހިންގާފައިވެ އެވެ.