English Edition
Dhivehi Edition
މުޙައްމަދު ޝައްމާން ވަޙީދު

އާޓިފިޝަލް ބީޗުގައި ހުކުރު ދުވަހު ރޭ ބިދޭސީންތަކެއް ހިންގި މާރާމާރީއާއި ގުޅިގެން، މާރާމާރީގައި ބައިވެރިވި މީހުން ޑިޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު އެކްސް ގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައިކަމަށެވެ. އަދި މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުންކަމަށާއި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދެއްވަވާނެ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހު 20:30 ހާއިރު ކަމަށެވެ. އަދި މިމާރާމާރީ ހިނގިއިރު އެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކާއިވެސް މާރާމާރީ ހިނގި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާރާމާރީ ހިންގުމުން 3 ބިދޭސީން ޑިޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާއިރު، މިދިޔަ އަހަރު ޑިސެމްބަރުމަހުގެ ކުރީކޮޅުވެސް އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް ވަނީ މާރާމާރީ ހިންގާފައެވެ. އެފަހަރުވެސް އެކަމުގައި އިސްކޮށް ހުރި ބިދޭސީ މީހާ ވަނީ ޑިޕޯޓްކޮށްލާފައެވެ.