English Edition
Dhivehi Edition
އައްޑޫސިޓީގެ ހިތަދޫ ބަނދަރު ސަރަޙައްދުގައި ހަދާފައި ހުރި މިސްކިތެއް:ފޮޓޯ / އިބްރާހިމް ޢަބްދުﷲ

އައްޑޫސިޓީގެ މިސްކިތްތައް ސޯލާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ސިޓީ ކައުންސިލުން އާންމުކޮށް އިއުލާން ކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް މިމަހުގެ 15 ވަނަ ދުވަހުގެ 10:00 އިން ފެށިގެން ޖެނުއަރީ 20 ވަނަ ދުވަހުގެ 13:00 އާއި ހަމަޔަށް ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނަނީ 2025 ޖަނަވަރީ 22 ވާ ބުދަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގައެވެ. އަދި ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 02 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.