English Edition
Dhivehi Edition
ކަސްޓަމްސްގެ ސައުތު ރީޖަނަލް އޮފީސް ހުޅުވުން ފޮޓޯ: ކަސްޓަމްސް

އައްޑޫ ސިޓީ މަރަދޫގައި ތަރައްގީކޮށްފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ސައުތު ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައަކަމުން ދިޔާނާ ވަނީ ކަސްޓަމްސްގެ ގާނޫނު ތަންފީޒުކޮށް ބޯޑަރު ބަލަހައްޓާއިރު، އެންމެ މަތީ ފަންތީ ފެންވަރުގައި ހަރުދަނާކޮށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފ އެވެ.

ކަސްޓަމްސްގެ ސައުތު ރީޖަނަލް ސަރަހައްދުގައި ވަޒީފާ އަދާކުރާ އޮފިސަރުންނަށް ކޮމެންޑޭޝަން ރިބަން އެރުވުން ވެސް އެ ރަސްމިއްޔާތުގައި އޮތެވެ. ކަސްޓަމްސް އޮފިސަރުންނަށް ރިބަން އެރުވީ ކަސްޓަމްސްގެ ކޮމިޝަނަރު، ދިޔާނާއެވެ.