English Edition
Dhivehi Edition

ސޫދާނުގައި ޕާނުގެ އަގުބޮޑުވުމުގެ ސަބަބުން ކުރިއައްދާ މުޒާހަރާ ތަކުގައި މިހާތަނަށް 6 މީހަކަށް އަނިޔާވެ އެކަކު މަރުވެއްޖެއެވެ.

މި މުޒާހަރާ ތަކުގެ ސަބަބުން މަރުވެފައިވަނީ ކިޔަވަމުންދިޔަ ކުއްޖެކެވެ. އެ ކުއްޖާ މަރުވެފައިވަނީ ހުޅަނގުގައި އޮންނަ ދާރުފޫރުގެ ގެނެއިނާ އަވަށުގައިއެވެ. މީގެ އިތުރުން ސޫދާންގެ ވެރިރަށް ޙަރުތޫމާއި، ނިޔާލާއި، އަލް-ޑަމަޒިންގައި ވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

ހުޅަނގު ދާރުފޫރުގެ ގަވަރުނަރު ފާދިލް އަލް-މައުލާ އަލް-ހާގާ، މިކަމާ ބެހޭގޮތުން ވިދާޅުވީ މުޒަހާރާތައް މިހާރުވަނީ މައިތުރިވެފައި ކަމަށެވެ. އަދި މަރުވި ކުއްޖާގެ މަރުގެ މައްސަލަ ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އެގައުމުގެ އިންޓީރިއަރ މިނިސްޓްރީ ހަވާލާދީ ސުނާ ނިއުސް އެޖެންސީއިން
ބުނެފައިވަނީ މުޒާހަރާ ތަކަކީ ކޮންމެހެން ޕާނުގެ އަގު މައްޗައް ގޮސްގެންކުރާ މުޒާހަރާތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެން ކަމުން ހަމަނުޖެހުން އުފައްދައި، ތަންތަނަށް ގެއްލުންދޭ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީންވަނީ އިންޒާރު ދެއްވާފައެވެ.

ސޫދާނުގައި ޕާނުގެ އަގު ވަނީ ދެގުނަ އިތުރުވެފައެވެ. އެއީ ސޫދާން ސަރުކާރުން ފުށަށް ދެމުން އައި ސަބްސިޑީ ކަނޑާލައިފައި ވާތީއެވެ. މި ނިންމުމުގެ ސަބަބުން ސަރުކާރު އުންމީދު ކުރީ ފުށުގެ އަގު ދަމަހައްޓަން ޕްރައިވެޓް ސެކްޓަރގެ ކުނފުނި ތަކުގެ މެދުގައި ވާދަ ވެރިކަން އުފެދި އަގު ހިފެހެއްޓޭނެ ކަމުގައެވެ.

މިހާރު ކުރިއަށްދާ ހަމަނުޖެހުންތަށް މައިތި ކުރުމަށް ސޫދާން ސަރުކާރުން ވަނީ އިދިކޮޅު ފަރާތްތަށް ހައްޔަރުކޮށް ހަ ނޫހެއް ވިއްކުން ވަނީ މަނާ ކޮއްފައެވެ.ަ